މި މަހު 31 ވަނަ ދުވަހު ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މި ހުސްވި ހަފުތާގައެވެ.
މި މަހުގެ 31 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ކޮންފަރެންސް މަގުސަދަކީ ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޙައްޖާއި ޢުމްރާގެ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ.
މީގެކުރިން ވަނީ ޢިލްމުވެރިންގެ މަހާސިންތާއާއި، ޖަމްޢިއްޔާ މަހާސިންތާއާއި، އިމާމުންގެ މަހާސިންތާ ބާއްވައިފައެވެ.

