އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް ހާއްސަކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" ނަމުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ފަޙުމީ ދީދީގެ އިތުރުން އައްޝައިޚް ޝުޢައިބް ނާޒިމްއެވެ.
މި ކުލާހުގައި 20 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގުރާމަކީ ޢަރަބި ބަހަށް ލޯބިޖައްސާ ޢަރަބި ބަސް އުނގެނުމަށް ޝައުޤުވެރިކަން އުފެއްދުމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގުރާމެއްް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

