ގދ ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ސީރިއަސް އަނިޔާތަކެއްލިބި ފަރުވާދޭން ފަށައިފިއެވެ.
ހުވަދޫއަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ ރައީސް ވިދާޅުވީ ބަނދަރުމަތީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެވަގުތު ބަނދަރުމަތީގައި މަސައްކަތެއް ކުރަންހުރި މީހެއްގައިގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އިތުރު ފަރުވާދިނުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި-ފޮޓޯ ހުވަދޫ
" ބާރަށް ދުއްވާފައިދިޔަ ސައިކަލެއް، އެވަގުތު ބަނދަރުމަތީގައި ބަޔަކު ތިބީ މަސައްކަތެއްގައި، ބޯޓު އެހެލާ ސަރަހައްދެއްކަމުން ރަށުޕިކަޕަކަށް ލަކުޑިތަކެއް އަރުވަން ތިބި ބައެއް އެއީ. ސައިކަލުން ޖެހުމުން ލަކުޑިގަނޑު ވިއްސައިގެން ގޮސް އެތަނުން އެކަކު ގައިގަ ޖެހުނީ"
އަދި އެކްސިޑެންޓުގައި އަނިޔާވީ 18 އަހަރުން މަތީގެ 3 ފިރިހެނުންނަށެވެ. އަނިޔާވި މީހުންގެ ތެރެއިން ބޮޑަށް އަނިޔާލިބުނު މީހާ މިހާރުވަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެނެސްފައެވެ. ލިބުނު އަނިޔާތަކުގެ މާބޮޑު ތަފްސީލެއް ލިބިފައިނުވެއެވެ. އެހެންނަމަވެސް ބޮލަށާއި މެޔަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތުލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާލިބުނު އެހެން މީހުންވެސް މިހާރު އިތުރު ފަރުވާއަށް ތިނަދޫސިޓީއަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

