ފިލިޕީންސްގެ ސެކްރެޓަރީ އޮފް ނޭޝަނަލް ޑިފެންސް ގިލްބަރޓޯ ތިއޮޑޯރޯ ޖޫނިއަރއާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ބައްދަލުކުރައްވައިފިއެވެ.
ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ހަވާސާގައި ބޭއްވި މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ފިލިޕީންސްއަކީ ޖަޒީރާ ދެ ޤައުމުކަން ފާހަގަކުރައްވައި، ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްޤީކުރުމަށާއި، އެއްބާރުލުން ދެވިދާނެ އިތުރު ދާއިރާތަކުން ގުޅުންތައް އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ދިފާޢީ ވަޒީރުގެ އިތުރުން، އެން.ޑީ.އެމް.އޭ.ގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއާއި މިލިޓަރީ ސެކްރެޓަރީ ކާނަލް ޙަސަން ބުޝްރީ ބައިވެރިވެވަޑައިގަތެވެ.

