ގދ.ތިނަދޫ ސިޓީގެ ގެއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނުނީ އެ ގޭގައި މެއިޑެއްގެ ގޮތުގައި ގެންގުޅޭ ނޭޕާލްގެ އަންހެނެކެވެ.
"ހުވަދޫ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ އެ ގޭގައި އޭނާއަށް ޚާއްސަކޮށްފައިވާ އެޕާޓްމަންޓެއްގައި އުޅެމުން އައި މީހެކެވެ. އެޕާޓްމަންޓްގެ ފާހާނާތެރޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އެ ގޭގެ މީހުން ގޮސް ބެލި ބެލުމުންނެވެ.
އޭނާގެ ހަށިގަނޑު މިހާރު ވަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭ ގޮތުން ހޮސްޕިޓަލަށް ގުޅައިލުމުން ފޯނު ނުނަގާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.
މި މައްސަލާގައި ފުލުހުންނާ ސުވާލުކުރުމުން ވަނީ އަންހެން މީހާ މަރުވިކަން ޔަގީންކޮށްދީފައެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ތަފުސީލު އަންނަނީ….

