ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޮވޯއަށް މަރުހަބާ ދަންނަވައިފިއެވެ.
ނައިބު ރައީސް ޙުސައިން، އިންޑޮނޭޝިއާގެ އައު ރައީސަށް މަރުހަބާ ދެންނެވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑޮނޭޝިއާގެ 8 ވަނަ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ކުރިއެރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ޕްރަބޮވޯ ލީޑާޝިޕްގެ ދަށުން އިންޑޮނޭޝިއާއަށް ކުރިއެރުމާއި ކާމިޔާބީއަށް ވެސް އެދިވަޑައިގެންފައެވެ.

