މި އަހަރުގެ މެންޓަލް ހެލްތް ޑޭ ފާހަގަކުރުމަށް ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓުން އިސް ނަގައިގެން ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.
އިއްޔެ ބޭއްވި މި ހިނގާލުމުގައި ސިއްހަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ވުޒާރާގެ އިސް މުވައްޒަފުންނާއި ، ސަރުކާރުގެ އޮފީސްތަކާއި، ޑަބްލިޔުއެޗްއޯ މޯލްޑިވްސް އިން ވެސް ބައިވެރިވިއެވެ.
މިއީ އާއްމުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން ރަގަޅުކުރުމަށް ކުރެވިދާނެ ކަންކަން އަނގައިދީ އެކަމަށް ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު ހިނގާލުމެކެވެ.
މި ހިނގާލުމުގެ ތެރެއިން ވަނީ ނަފްސާނީ ދުޅަޔޮކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ޚާއްސަ މެސެޖްތަކެއް ފޯރުކޮށްދީފައެވެ.

