އަންނަ ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިގޮތަށް ހަމަޖައްސަވާފައިވާކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައެވެ.
ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހެއް ކަމަށްވާއިރު، މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެކެވެ.
ދެންނެވުމުގައިވާ ގޮތުން، ނޮވެންބަރު 10 ވާ އާދީއްތަ ދުވަސް ސަރުކާރު ބަންދުކުރީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.

