ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތީގެ ބަރުދަނުގައި 1.86 ކިލޯ ހުރި ކަމަށާއި، އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި މައްސަލައާގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމްްސްއިން ހާމަކޮށްފައެއް ނުވެއެވެ.
ކަސްޓަމްސްއިން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައެވެ. ، އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

