ދަނބިދަރިންނާއި ޅީދަރިންގެ އާއިލީ ގުޅުން މި މައުލޫއަށް ވާހަކަދައްކާލަމާ ހިގާށެވެ. މިއީ އާއިލާއެއްގެ ތެރޭގައި އުފައްދަން ބޭނުންވާ އެކަމަކު ގިނަފަހަރަށް ރަނގަޅު ގުޅުމެއް ނުއުފެއްދޭ މައްސަލައެއްގެ ވާހަކައެކެވެ. މިކަމުގެ ސަބަބުން އާއިލީ ތެރޭގައި އޮންނަ އެކުވެރިކަމާއި ގުޅުން ގެއްލި ހީނަރުވެދެއެވެ.
ފަތިސްތަރިން މި ގެނެސްދެނީ މުޖުތަމަޢުގެ ތެރޭގައި އޮތް މި ކަންބޮޑުވުމަށް ހައްލެއް!
ދަނބިދަރިއަކު ނުވަތަ ޅީ ދަރިއަކު ގެއަަށް ގެންދިއުމަށްފަހު ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދެއެވެ. ބައެއްފަހަރު މި ކަންބޮޑުވުންތަކަށް ހައްލެއްނުލިބި އާއިލީ ގުޅުންތަކަށް ހީނަރުކަން އަންނަ ހިސާބަށްވެސްދެއެވެ. އެކަމަކު މިއީ ސަމާލުކަން ދޭންޖެހޭ މުހިންމެ ކަމެކެވެ. އަމިއްލަ ދަރިންނާއި ދަނބިދަރިންގެ ނުވަތަ ޅީ ދަރިންގެ މެދުގައި ތަފާތުކުރެވޭފަހަރު އައި ނަމަވެސް މިއީ ހިގީގީ ނަޒަރަކުން ފުންކޮށް ވިސްނާލައިފި ނަމަ ކުރެވޭ ވަރަށް ބޮޑު ގޯހެއްކަން އެގޭނެވެސް މެއެވެ.
ވަކި އާއިލާއަކުން ވަކި ގޮތަކަށް ތަރުބިއްޔަތުވެފައިވާ އަންހެންދަރިއަކު އަދި ފިރިހެން ދަރިއަކު ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން ކައިވެންޏާއި ހިސާބަށް އާދެއެވެ. އެދެމީހަކު ކައިވެނީގެ ގުޅުމަށް އަންނައިރު، އެދެމީހުންނަށް ނުވިސްނޭކަމަކީ ތިމާމެން އެކުގައި އުޅޭ ވަގުތާއި ކައިވެޏްނަށްފަހު ހޭދަކުރާ ވަގުތު ތަފާތުވާނެކަމެވެ. ކޮންމެ މީހަކުވެސް ވަކިގުޅުމަކަށް ދިޔަނަމަވެސް ތިމާއަކީ ވަކި ފަރުދެއްގެ ގޮތުގައި ކޮންމެހެން ވިސްނުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ފިރިމީހާގެ އާއިލާތެރެއިން ފެންނަ ކަންތައްތަކާއި ތިމާގެ އާއިލާއިން ފެނުނު ކަންތައްތައްވެސް ތަފާތު ވެދާނެތީއެވެ.
މި ކަމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނީ މައިދައިތަ ކަމަށްވާއިރު، ވިސްނަން ޖެހޭނީ އަމިއްލަ އަންހެން ދަރިންނަށްދޭ އަޅާލުމާއެކު، ހާއްސަ ގުޅުމެއް އެ އަންނަ އަންހެންކުއްޖާއަށް ވެސް ދޭން ޖެހޭނެކަމެވެ. އޭރުން މައިދައިތަައާއި، އެ ދަރިންނާ ދޭތެރޭ އޮންނަ ގުޅުން ވަރުގަދަވާނެއެވެ.
އަދި އޮންނަ ގުޅުންވަރުގަދަވެ ހަރުދަނާވާނެ ކަމުގެ އެންމެ ބޮޑު އަސްލަކީ މައިދައިތައާއި އެކު ވަގުތު ހޭދަކުރުން އިތުރުވުމެވެ. އެހެންކަމުން ދަރިންނަށް ތައުރީފާއި ހިތްވަރު ދޭ މަޔަށް އެމައިމީހާވެސް ވެއެވެ. ހަރުދަނާ ގުޅުމެއް އުފެއްދޭނީ ދެމެއިންގެ ހަރުދަނާ ގުޅުމުމުގެ މައްޗަށެވެ. ތިބާގެ އަމިއްލަ ދަރިން ފަދައިން ގާތް ކޮށްގެންނެވެ. އަދި ދެ ފަރާތުން ވެސް އިޙްތިރާމް ކޮށްގެންނެވެ. ހަދިޔާ ބަދަލުކޮށްގެނެވެ. ނުވަތަ ދަރިންނަށް ހަދިޔާ ގަންނަން ްޝޮޕިންއަށް ދާއިރު، އެ ދަރިން ބާކީ ނުކޮށް އެ ދަރިއަށްވެސް ހަދިޔާ ދީގެންނެވެ.
މިއީ ގާތްކަން އިތުރުކޮށްދޭ ކަންތައްތަކެވެ. ތިބާވެސް އަމިއްލަ ނަފްސްގެ ބޭނުންތަކަށް އެދޭފަދައިން އެކުދިންގެ ހިތްހަމަޖެހުމާއި އުފާތަކަށްވެސް އެދެވެންޖެހޭނީ އަމިއްލަ ދަރިންފަދައިންނެވެ. އޭޭރުން ތިމާގެ އަމިއްލަ ދަރިން ފަދައިން ލޯބި ދަނބިދަރީގެ ހިތުގައިވެސް އާލާވާނެކަން ޔަގީނެވެ.

