ދެކުނުގެ ރަށެއްގައި ޓީޗަރަކު، ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މ، ފ، ދ، ތ އަދި ލ.އަތޮޅުގައި ހިމެނޭ ރަށެއްގައި ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުން އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކޮށްފައިވާ މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލާގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

