15 ވަނަ މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ އިވެންޓްތައް ފޯރިއާއިި އެކު ފުވައްމުލަކު ސިޓީގައި ކުރިއަށް އެބަދެއެވެ.
29 ޓީމަކުން 868 އެތްލީޓުން ބައިވެރިވި މި މުބާރާތުގެ މެއިން ސްޕޮސްސަރަކީ އެސްޓީއޯގެ މަކިޓާ ބްރޭންޑެވެ.
މިފަހަރުގެ މުބާރާތުގެ ނަތީއްޖާތަކަށް ބަލާއިރު މިހާތަނަށް 4 މީޓް ރެކޯޑް ހަދާފައިވެއެވެ. މިއީ ފައިނަލްވެ ނެރެފައިވާ ނަތީއްޖާ ޝީޓުތަކުން ދައްކާއަދަދެވެ.
ފަނަރަ އަހަރުންދަށުގެ 4*100 މީޓަރ ރިލޭއިން މުހައްމަދު ޖަމާލުއްދީން ސްކޫލު މީޓް ރެކޯޑް ހަދާފައިވާއިރު، ޓައިމިން އަކީ 49.69 އެވެ. 20 އަހަރުން ދަށުގެ 4*100 ރިލޭއިން އައްޑޫ ހައި ސްކޫލުގެ އަންހެން ޓިމްވަނީ މީޓް ރެކޯޑް ހަދާފައެވެ. ޓައިމިން އަކީ 57.43 އެވެ.
15 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އާމިނަތު ލުމާ އަސްލަމް ވަނީ 5:58.51 މިނެޓުން ރޭސްނިންމައި މި އިވެންޓުން މީޓް ރެކޯޑް ހަދާފައެވެ.
17 އަހަރުން ދަށުގެ 4*100 ރިލޭއިން ޝަރަފުއްދީން ސުކޫލުގެ އަންހެން ޓީމް ވަނީ 54.15 ސިކުންތުން ރޭސްނިންމައި މި އިވެންޓުން މީޓް ރެކޯޑް ހަދާފައެވެ.
މި މުބާރާތް ކުރިއަށްދަނީ މިމަހުގެ 19 އިން 23 އަށެވެ.

