ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:04 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ތިލަފުށީ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ދައްކާ ގޮތުގައި އަލިފާން ރޯވެފައިވަނީ ވެމްކޯ ސައިޓުގައި އެއްކޮށްފައި އޮތް ކުނިފުންޏެއްގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ އަދި ގެއްލުންވެފައިވަނީ ކިހާ ވަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

