ސުކޫލްތަކުގައި ގުރޭޑް 3 ކިޔަވާ ކުދިންނަށް ބުލީ ކުރުމުގެ ތެރެއިންވެސް ވޭޕް ދޭކަން ފާހާގަ ކުރެވޭ ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގަ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
“9 އަހަރުގެ ކުދިން ސުކޫލުތެރެއިން ވޭޕް ބުލީ ކުރުމުގެ ތެރެއިން ވޭޕް ދޭކަން ފާހަގަވޭ. އަދި ވޭޕް ދިނުމުގެ ސަބަބުން ކުދިން މަސްތުވާތަކެއްޗަށް ދެވި ހިފަނީ”އިހުސާން
މިނިސްޓަރު އިހުސާން މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ ބާވަތެއް ކަމަށްވާ ވޭޕް މަނާކުރުމަށް ނިންމަވާފައެވެ.
އަދި ރައީސް ވަނީ ރާއްޖޭގައި 18 އަހަރުން 21 އަހަރަށް ދުންފަތުގެ ބޭނުން ކުރެވޭނެ އުމުރުކަމަށް ވެސް ކަނޑައަޅަން ނިންމަވާފާއެވެ.

