ކާން ފަސޭހަ މީރު އެއްޗެއް ކައިގެން ހިކޭނެ ގޮތެއް ބަލާލަމާ ހިގާށެވެ. ފަތިސްތަރިން މި ކިޔައިދެނީ އެފަދަ ކާ އެއްޗެއްގެ މައުލޫމާތެވެ. މި އާޓިކަލްގައި ކާ އެއްޗެއްކައިގެން ހިކޭނެވާހަކަ އޮތްނަމަވެސް ކަސްރަތު ނުކޮށް ހުރުމަކީ ރަނގަޅު ކަމެއްނޫނެނެވެ. އަދި ކަސްރަތު ނުކޮށް ހިކެން ކުރާ މަސައްކަތަކީވެސް ހަށިގަނޑަށް ފައިދާހުރި ގޮތެއްނޫނެވެ. އެހެންކަމުން ކަސްރަތަށްފަހު ހެނދުނުގެ ނާސްތާއަށް ހިމަނާލާ ރަނގަޅު ކާ އެއްޗަކަށް ބަލާލާއިރު، ކެއުމުގައި ބިހެއް ހިމަނާލުން ވަރަށް މުހިންމެވެ.
ހަކުރު ހުންނަ، ކާނާ ކެއެމަކީ މީހާ ފަލަވާ ކަމެކެވެ. އަދި ސިއްހަތަށް އެހާ ފައިދާހުރި ކަމެއްވެސް ނޫނެނެވެ. ހިކެން ބޭނުންވާ މީހުން ތަފާތު އެތައްކަމެއް ކުރެއެވެ. މިގޮތުން ގިނައިން ހަކުރު ހިމެނޭ ކެއުމުން ދުރުހެލިވުމަށް އެފަދަ ކާތަކެއްއްޗާއ ދުރުވެއެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް އެހީތެރިވުމުގެ ގޮތުން، ބިސް، ޔޯގަޓް، މޭވާ، ތަރުކާރީ އަދި ސިއްހަތަށް ފައިދާހުރި ކާނާ ޚިޔާރުކުރުން މުހިންމެވެ.
ބިހަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ބާވަތެކެވެ. ރިސާޗް ޓްރަސްޓެޑް ސޯސް އިން ވެސް ފާހަގަކޮށްފައިވާ ގޮތުގައި ބަރުދަން ލުއިކުރާނަމަ ހެނދުނުގެ ނާސްތާއާ އެކު ކެއުމުގައި ހިންމަނަން ޖެހޭނީ ފައިދާހުރި ތަކެއްޗެވެ. އަދި މިކަމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑަށް އެހީވެދެއެވެ.
ބިހަކީ ކެއުމުގައި ހިމަނަން މުހިންމު ބާވަތަކަށްވާއިރު، ސިއްހަތު ރަނގަޅު މީހަކަށް ކެއުން އެންމެ ރަނގަޅީ ދުވާލެއްގެ މައްޗަށް 1 ނުވަތަ 2 ބިހެވެ. ނަމަވެސް ކޮލެސްޓްރޯލް މަތި މީހަކަށް ނުވަތަ ހިތުގެ ބައްޔެއް ހުންނަ މީހަކަށް އެންމެ ރަނގަޅީ އެދަދު މަދުކޮށްގެން ކެއުން ކަމަށް ސިއްޙީ މާހިރުންބުނެއެވެ. ބިސްކެއުމުން ބަރުދަން ލުއި ކުރުމަށް އެހީވެދިނުމުގެ އިތުރުން، ވިސްނުން ރަނގަޅުވެވޭނެވެސްމެއެވެ. އަދި ހަށިގަނޑުގެ ހަކަތަ ވަރުގަދަކޮށް ދުވާލުގެ ފިޓްކަން އިހުސާސްކުރުމަށްވެސް ކެއުމުގައި ބިސް ހިމެނުން މުހިންމެވެ.

