ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ރޭގެ ވަގުތެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ނައިބު ރައީސް ނާޒިމްގެ މި ދަތުރުފުޅަކީ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިިތުރުން، މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގައެވެ.

