މާލޭގެ ކެފޭއެއްގެ ފުރާޅުމައްޗަށް ޒުވާނަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ޖޭޒް ކެފޭގެ ފުރާޅުމައްޗަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ރޭ 23:14 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މީހާ އެތަނުން ނެގީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަކީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުރާޅުމައްޗަށް ވެއްޓުނީ ޖެހިގެން ހުރި އިމާރާތަކަށް ހޮޅިދަނޑިއަކުން އަރަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދިނީ އޭޑީކޭގައެވެ. ފަހުން އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

