ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން ) ގާއިމް ކޮށްފައިވާ އެއްމެދު އިމާރާތާއި ގުޅޭ މައުލޫމާތު ހޯދާނީ އެކަމަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ވައިބާ ގުރޫޕްތަކުން ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 1ގައި ތަރައްގީކޮށްފައިވާ އެއްމެދު އިމާރާތްތަކުގެ ތެރެއިން އެކޯޕަރޭޝަނުން ބަލަހައްޓަމުންދާ އިމާރާތްތަކުގެ ވައިބާ ކޮމިއުނިޓީ ގުރޫޕްތައް މިހާރުވަނީ ހެދިފަ ކަމަށެވެ.
އެހެންކަމުން އެ ކޯޕަރޭޝަނުން ބަލަހައްޓަމުންދާ އިމާރާތްތަކުން ފުލެޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ވައިބާ ގުރޫޕްތައް ހެދުމާ ގުޅޭގޮތުން ޖޫން މަހުގެ ކޮށްފައިވާ އިއުލާނާ އެއްގޮތަށް ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ. އަދި އެ އިއުލާނުގައިވާ ގޮތަށް އެއްމެދު އިމާޜާތްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޔޫ.އާރް. އެލް. އާއި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވަދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނެފައިވަނީ ފޭސް އެކެއްގައި ތަރައްގީކޮށްފައިވާ އިމާރާތްތައް ކަނޑައަޅާފައިވާ ގުރޫޕްތަކުގެ މަގްސަދަކީ އިމާރާތްތަކާއި ގުޅޭ މުހިންމު މައުލޫމާތާއި ދެމުން އަންނަ ހިދުމަތް ތަކާ ބެހޭ މައުލޫމާތު ފަސޭހަ ކަމާއެކު ހިއްސާކުރުން ކަމަށެވެ.

