15 ވަނަ މަކިޓާ ގައުމީ ނެޝަނަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރައުހަތު ސްޕޯޓްސް ކުލަބު އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ.
މިމަހުގެ 19 އިން 23 އަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ މި މުބާރާތުގައި 29 ޓީމަކުން 867 އެތްލީޓުން ވާދަކޮށްފައިވެއެވެ. މިއީ މިހާތަނަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބޭއްވި އެންމެ ބޮޑު މުބާރާތް ނުވަތަ ކުޅިވަރުގެ ހަރަކާތެވެ.
ރާއްޖޭގެ އެކިއެކި އަތޮޅުތަކުން ކުލަބު ތަކާއި، ޖަމިއްޔާތަކުގެ އިތުރުން ސްކޫލުުތަކުން ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގެ އެންމެމޮޅު ފިރިހެން ޓީމަކަށް ހޮވިފައިވަނީ ރައުހަތުސް ސްޕޯޓްސް ކުލަބެވެ. މިއީ މި ކުލަބު މަކިޓާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި 3 ވަނަ ފަހަރެވެ. އެއީ 2019،2018 އަދި 2024 އެވެ.
މިމުބާރާތުގެ އެންމެ މޮޅު އަންހެން ޓީމަކަށް ހޮވުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ.
މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކީ ވެސް މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. އަންހެން 2 ވަނަ ޓީމަކީ ގއ ކަނޑުހުޅުދޫ ސްކޫލުވެ. ފިރިހެން 2 ވަނަ ޓީމަކީ އަބޫބަކުރު ސްކޫލެވެ.
15 އަހަރުންދަށުގެ ޗެމްޕިއަންޓީމަކަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. 15 އަހަރުން ދަށުގެ ބެސްޓް އެތްލީޓަކަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ހަސަން ލުޖައިން އަކްމަލް އެވެ. މި އެތްލީޓް ވަނީ 200މ 400މ ރަންމެޑަލް އަދި ޑިސްކަން ތްރޯއިން ރިހި މެޑަލް ހާސިލް ކޮށްފައެވެ. 15 އަހަރުންދަށުގެ އަނަހެން ޗެމްޕިއަންޓީމަކީ ޝަރީފް ސްޕޯޓްސް އެވެ. 15 އަހަރުން ދަށުގެ އަންހެން ބެސްޓް އެތްލީޓަކަށް ހޮވުނީ ޝަރީފް ސްޕޯޓްސްގެ އެވެ. މި އެތްލީޓް ވަނީ 100މ 200މ އަދި ލޯންގް ޖަމްޕްއިން ރަން މެޑަލް ހާސިލް ކޮށްފައެވެ.
17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓަކަށް ހޮވުނީ ގއ ކަނޑުހުޅުދޫ ސްކޫލުގެ ޔޫނުސް މުހައްމަދު މޫސާއެވެ. މި އެތްލީޓް ވަނީ ޝޮޓްޕުޓް އަދި ޑިސްކަސް ތްރޯއިން ރަންމެޑަލް ހާސިލްކޮށްފައެވެ. 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމަކަށް ޝަރަފުއްދީން ސްކޫލު ހޮވުނު އިރު އެންމެ މޮޅު އެތްލީޓަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލުގެ އާމިނަތު އައިކާ އަހްޔަލްއެވެ.
20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ހޮވުނީ އައްޑޫ ހައި ސްކޫލެވެ. މި އުމުރުފުރާއިން އެންމެ މޮޅު ފިރިހެން އެތްލީޓަކީ އަހުމަދު އަބްސަލް އެވެ. މި އެތްލީޓް ވަނީ 100މ 200މ 400މ އިން ރަންމެޑަލް ހާސިލް ކޮށްފައެވެ. 20 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންޓީމަކީ އައްޑޫ ހައި ސްކޫލެވެ. އެންމެ މޮޅު އެތްލީޓަކީ ހައްވާ މުޒްނާ ފާއިޒްއެވެ. މި އެތްލީޓްވެސް ވަނީ 100މ 200މ 400މ ދުވުމުން ރަންމެޑަލް ހޯދާފައެވެ.
މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކީ އައްޑޫ ހައިސްކޫލުގެ އެތްލީޓަކީ އަހުމަދު އަބްސަލް އެވެ. އަންހެން އެންމެމޮޅު އެތްލީޓަކީ ހައްވާ މުޒްނާ ފާއިޒްއެވެ.

