ބުލީ ކުރުމަކީ ފަހަކަށްއައިސް ވަރަށް އާންމު ކަމެކެވެ. އެނގުމާއި ނޭގުމުގެ ތެރެއިން ބުލީ ކުރެވޭއިރު މިއީ ކިހާވަރެއްގެ ވޭން ހުރިކަމެއްކަމެއް އެބުލީ ކުރާމީހާއަށް އެނގޭނަމަ މިފަދަ ކަމެއް ހަގީގަތުގައި ކުރާކަށް ބޭނުންނުވާނެއެވެ. ބުލީގެ ޝިކާރައަކަށްވާމީހާގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން އަޅާނެ ވޭނާއި އޭނާ އުފުލާނެ ތަކްލީފެއް ޙުދު އެމީހާއަށް އެގޭނަމަ ބުލީ ނުކުރާނެ ކަން ޔަގީނެވެ.
ބުލީ ކުރުމުގެ ސަބަބުން މީހާ ވަރަށް ބޮޑަށް ނަފްސާނީ ހާލަތު ދަށްކޮށްލައެވެ. ނަފްސާނީ ބަލީގެ އެތައްބަޔަކު ރާއްޖޭގައިތިބިއިރު، މި ވޭނަށް މީހާ ހުށަހެޅެނީ ކިހިނެތް ކޮންގޮތަކުން ކަމެއްވެސް އޭނާގެ އާއިވެސް ނޭނގެއެވެ. އަދި ފަރުވާގެ މަރުހަލާއަށް ގެންދަންވެސް ނޭގި ވަގުތު ގިނަވެގެންދެއެވެ.
އާންމު ގޮތެއްގައި މީހަކަށް ބުލީ އަމާޒު ވަނީ އެކި އުމުރުގައެވެ. ސުކޫލު މާހައުލުންނާއި ވަޒީފާގެ މާހައުލުންނެވެ. ސުކޫލު މާހައުލުން ދިމާވާ ބައެއްގެ ސަބަބުން ކުރިމަތިވާ ބުލީ ގިނަފަހަރަށް ބެލެނެވެރިއާ ހަމަޔަށް ފޯރައިފިނަމަ ކޮންޓްރޯލްކުރަން ފަސޭހަވެއެވެ. ނަމަވެސް އޮފީސް މާހައުލުން ބުލީ ކުރުން އާންމު ވެއްޖެނަމަ އެއީ ފަސޭހަ މަރުހަލާއަކަށްނުވެއެވެ.
ތިބާއަށް ބުލީގެ ޒައްރެއްގެ މިންވަރުވެސް ފޯރާކަށް އެއްވެސް މީހަކު ބޭނުންނުވާނެއެވެ. ތިބާ ބޭނުންނުވާ ފަދައިން އަނެކާއަށް އެފަދަކަމެއް ކުރިމަތިވާން އެދެނީ ކީއްވެތޯ ސުވާލު އުފެދެއެވެ. މީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ނާޖާއިޒު ފައިދާއިން ތިމާމެން ގަދަވެގެންނައިރު އަނެކާ އަށް އެދެވެނީ ކިހާ ބޮޑު ދެރައެއްތޯއެވެ.
ވިސްނާލުން މުހިންމެވެ. ފަތިސްތަރިން މި ކިޔައިދެނީ ބުލީން އަރައިގެނެވޭނެ ގޮތެކެވެ. ބުލީގެ ތެރޭގައ*ި ތަފާތު ވައްތަރުގެ ބުލީ ކުރެވޭއިރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތިމާ އަށް އަންނާނެ ބަދަލަކާދޭތެރޭ ވިސްނާލުން މުހިންމެވެ. ސަބަބަކީ ތިމާގެ ހަށިގަނޑާއި ތިމާގެ މުސްތަގްބަލަށް ތިމާ ނޫން އެހެންމީހަކު ވިސްނާނުލާނެތީއެވެ.
މީހެއްގެ ފަރާތުން ބުލީއާގުޅޭ މައްސަލައެއް ދިމާވެއްޖެނަމަ ފުރަތަމަވެސް އެހެންމީހަކާ ހިއްސާ ކޮށްލުން ވަރަށް މުހިންމެވެ. އަދި މަޑުމަޑުން އޭނާގެ ހަރަކާތްތަކަށް ބަލާ އޭނާގެ އަމާޒު ހުރިގޮތް ވެސް ހިއްސާކުރަންޖެހޭނެއެވެ. އަދި ބުލީގެ ޒާތަށް ބަސްބުނާ ކަމުގައިވާނަ ވަގުތުން ރައްދުގައި އެކަން އަމާޒުވާކަން އަންގާލަވެސް ވާނެއެވެ. އޭރުން ތިމާ ދަށްކޮށްލުމަށް މަސައްކަތްކުރާމީހާއަށް ވިސްނޭނެ މަގެއްކަމަށް އެކަންވާނެއެވެ.
ބުލީ ކުރާ މީހާ ނުވަތަ ޓީމްއަށް ތިމާގެ ހަރުދަނާކަން އިސާހިތަކު ފެންނާނެއެވެ. އަދި ބުލީގެ ހަނގުރާމައިން ސަލާމަތްވުމުގެ ބާރުލިބިގެންދާނެއެވެ.

