އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލަ ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެ މެސެޖުގައި ބުނެފައިވަނީ މިކަން ހިނގީ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ) ގައި ހިމެނޭ ރަށެއްގައި ކަމަށެވެ.
މި މައްސަލާގައި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

