ކަނބަލުންނަށް ޚާއްސަކޮށްގެން އިލެކްޓްރީޝަން ކޯހެއް ބާއްވަން ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ގެ ނަމުގައި ކަރަންޓާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދިނުމަށް ޚާއްސަ ކޯހެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މާލޭގައި ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ދުވާލަކު 3 ގަޑިއިރު ކިޔަވައިދޭނެއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދަން ނިންމާފައިވާ އިލެކްޓްރީޝަން ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 4 ނޮވެމްބަރު.
ސްޓެލްކޯއިން ބުނީ ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މައުލޫމާތު މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

