ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް 4 ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ 4 މަގާމެއް ހުސްވީ މަގާމުގެ ނުފޫޒުު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގިކަން ފާހަގަވެފައިިވާތީ، އެ ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން 4 މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން މިދިޔަ އޮގަސްޓުގައި އެ މެންބަރުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިިލުމަށް ހުޅުވައިލުމުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އޭގެތެރެއިން މިއަދު މަޖިލީހުން ރުހުން ދިނީ ޙަސަން ޒުހައިރު މުޙައްމަދު، ގ.މާވާރުލު އާއި އިބްރާހީމް ޝަރީފް، ގ.އަލިޝާ އާއި
އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ / ގއ.ނިލަންދޫ އާއި އަލްއުސްތާޒު ޢަބްދުލްޣަނީ މުޙައްމަދު، ހ.ހޯސްޓްސައިޑް އަށެވެ.
މި ހަތަރު ބޭފުޅުންނަށް ރުހުން ދޭން ފާސްކުރީި 68 މެންބަރުންގެ ވޯޓުންނެވެ.

