އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއަކަށް ހެދުމަށް ފުލުހުން އިލްތިމާސްކ ކޮށްފި އެވެ.
މި އިލްތިމާސް ކޮށްފައި ވަނީ ފުލުހުންގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައެވެ.
ފުލުހުންގެ ހިދުމަތުން މި ޕޯސްޓުގައި ފާހަގަ ކޮށްފައި ވަނީ މިހިނގާ އޮކްޓޯބަރު މަހަކީ ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިވުމުގެ މަސްކަމަށާއި، މި މަހުގައި އިންޓަރނެޓް ބޭނުންކުރުމުގައި ރައްކާތެރި އާދަތައް އަށަގަންނުވައި، އިލެކްޓްރޯނިކް ވަސީލަތްތައް ހިމާޔަތްކޮށް، އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށް ހެދުމުގެ މުހިންމުކަމެވެ.
"މިއީ ޑިޖިޓަލް މާހައުލުގައި އަޅުގަނޑުމެންގެ ހުރިހާ މުއާމަލާތްތަކެއްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،" ފުލުހުން ބުނެފައިވެއެވެ
އޮކްޓޯބަރު މަހަކީ އިންޓަނންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. މި މުނާސަބަތާ ގުޅިގެން، ދިވެހި ފުލުހުންން ވަނީ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ޔޫޓީއުބް ޗެނަލް، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ހިމެނެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަންސަތައް މެދުވެރިކޮށް ސައިބަރައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމުގެ ގޮތްތަކާއި، މިފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ މައުލޫމާތު ވީޑިއޯ އަދި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާކުރާނެއެވެ.
މި މަސައްކަތްތަކަކީ ޑިޖިޓަލް ދުނިޔޭގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރާ މުހިންމު މަސައްކަތްތަކެކެވެ.

