ގދ ހޯނޑެއްދޫ ކައުންސިލުން، ދަނޑުވެރިކަމަށް ބޭނުންކުރުމަށް ކައްނިގިއްލާ ކުއްޔަށް ދިނުމަށް ހުޅުވާލައިފިއެވެ. މި ރަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ކައްނިގިއްލާގެ ބޮޑުމިނަކީ 430،000 އަކަފޫޓެވެ. މި ރަށް ކުއްޔަށް ދޫކުރަނީ ދަނޑުވެރިކަމުގެ މަސައްކަތްތަކަށާއި، ކުކުޅު ގެންގުޅުމަށާއި، މެރިކަލްޗަރ ފަދަ މަސައްކަތްތަކަށެވެ.
މި ރަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭނެއެވެ. އީއޯއައި ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ މަޢުލޫމާތާއި، ދަނޑުވެރިކަމާއި ބިން މެނޭޖްކުރުމުގެ ތަޖުރިބާ ހިމަނަންވާނެއެވެ. މީގެ އިތުރުން، ލީޒް އެކުއިޒިޝަން ކޮސްޓް (އެލްއޭސީ) ދެއްކުމަށް އެއްބަސްވާކަމުގެ ބަޔާނަކާއި، މާލީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
އީއޯއައި ހުށަހެޅުމުގެ ސުންގަުންގަޑިއަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 13:30 އެވެ. ހުށަހެޅުންތައް ފޮނުވަން ޖެހޭނީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 10:30 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނޮވެމްބަރު 6 ގެ ކުރިން ކައުންސިލްގެ އީމެއިލް އެޑްރެހަށް ރަޖިސްޓްރީ ކުރަންވާނެއެވެ.
އީއޯއައިތައް އިވެލުއޭޓްކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. ބިބިޑް ޑޮކިއުމަންޓްސް 12 ނޮވެންބަރުން ފެށިގެން 20 ނޮވެމްބަރ -އާ ދެމެދު ހޯނޑެއްދީ ކައުންސިލްގެ ސެކްރެޓޭރިއަޓުން ލިބެން ހުންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 21 ވަނަ ދުވަހުގެ 13:30 އެވެ.
މި މަޝްރޫއުގެ ސަބަބުން ހުވަދުއަތޮޅު ދެކުނުބުރީގެ ދަނޑުވެރިކަން ކުރިއަރައި، ސަރަހައްދުގެ ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިގުތިސާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫއެއް ކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ މި މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ރަށް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބި، ދިވެހިރާއްޖޭގެ އިގުތިސާދަށާއި މުޖުތަމަޢުގެ ތަރައްގީއަށް ހިއްސާކުރެވޭނެ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކައުންސިލުން މި މަޝްރޫއުގައި ބައިވެރިވުމަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ވެސް މި ފުރުސަތުގެ ބޭނުން ހިފުމަށް އެ އިއުލާނުގައި ގޮވާލާފައިވެއެވެ. އަދި އިތުރު ސުވާލެއް ނުވަތަ އެހީތެރިކަމެއް ހޯއްދެވުމަށް ހޯއަންޑެޑްދޫ ކައުންސިލްގެ ސެކްރެޓޭރިއަޓަށް ގުޅުމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ ހުވަދުއަތޮޅު ދެކުނުބުރީގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ހަކަތައެއް ގެނެސްދޭނެ މުހިންމު މަޝްރޫއެއް ކަމަށް ބެލެވެއެވެ. ކައްނިގިއްލާގައި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ ސަބަބުން ސަރަހައްދުގެ އިގުތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށާއި، ވަޒީފާގެ އައު ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ހަމައެހެންމެ ރާއްޖޭގެ ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުވެ، ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް އުންމީދުކުރެވެއެވެ.

