ހުޅުމާލޭގައި ދެ ޑިންގީ ޖެހި އެކްސިޑެންޓެއްވެ، މީހަކު މޫދަށް ވެއްޓި ގެއްލިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދާދިދެންމެއަކު ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާއިން ދެ ޑިންގީ ޖެހި އެކްސިޑެންޓެއްވެފައިވާ ކަމަށެވެ.
އަދި އެ އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓި ގެއްލިގެން އުޅޭތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

