ދެ ޑިންގީ ޖެހި އެކްސިޑެންޓެއްވެ، މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މީގެކުޑައިރުކޮޅެއް ކުރިން ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާއިން ދެ ޑިންގީ ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓި ގެއްލިގެން އުޅޭތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަމަވެސް ފަހުން ފޮނުވި މެސެޖެއްގައި ބުނީ މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށާއި، މޫދަށް ވެއްޓުނީ ޑިންގީގައި ހުރި ތަކެތި ކަމަށެވެ. އަދި މި ތަކެތި މޫދުން ނެގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

