ލ.ގަން މަތިމަރަދޫ ބަލްކު ފިހާރަ ކައިރީ ވަލުތެރޭގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އަވަހަށް ކޮންޓްރޯލްކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގަައި، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ އިރުއޮއްސި 6:50 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ވެއެވެ.
އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ހަލުވި އަދި ހުނަރުވެރި މަސައްކަތުން، އަލިފާން މުޅިން ނިއްވާލެވުނީ މިރޭ 7:16 ހާއިރުގައި ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ. މި އަލިފާނުގެ ހާދިސާ ރިޕޯޓުކުރެވުނުތާ ގާތްގަނޑަކަށް ސައްބީހަކަށް މިނެޓު ތެރޭ އަލިފާންގަނޑު ވަނީ ކޮންޓުރޯލު ކުރެވިފައެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.

