މަސްގުޅަ ރިހަ
މަސް ގުޅަ ރިހަ ތައްޔާރު ކުރާނެ ގޮތް
ބޭނުންވާ ތަކެތި
މަސް ގުޅައަށް ބޭނުންވާ ތަކެތި
- ކަނޑުމަސް (ހިމުން ކޮށްފައި)
- 1 ފިޔާ
- 1 އިންޗި އިގުރު
- 1 ސައިސަމުސާ ހަވާދު
- 1 ސައިސަމުސާ ތެޅިމިރުސް
- 2 ލޮނުމެދު
- 1 ސައިސަމުސާ ލޮނު
- ހިކަނދިފަތް
ރިހައަށް ބޭނުންވާ ތަކެތި
- 3 މޭޒުމަތީ ސަމުސާ ގިތެޔޮ
- 2 ބޮޑުފިޔާ
- 2 ލޮނުމެދު
- 1 އިންޗި އިނގުރު
- 2/1 ބޮޑުމިރުސް ނުވަތަ ރޯމިރުސް
- 2 ޓޮމާޓޯ
- 2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
- 1 ޖޯޑުފެން، މީގެ ތެރެއަށް 2 ސުރުވާބުރި އެއްކޮށްފައި
- 1 ސައިސަމުސާ ތެޅިމިރުސް
- 1 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
- 2 ސައިސަމުސާ ހަވާދު
- 1 ޖޯޑު ބޯކިރު
- 1 ޖޯޑު ފެންކިރު
- ހިކަނދިފަތް
ތައްޔާރު ކުރާނެ ގޮތް:
މަސް ގުޅަ ތައްޔާރު ކުރުން:
ފިޔާ، ލޮނުމެދު، ހިކަނދި ފަތް، ހަވާދު، ތެޅި މިރުސް، އިނގުރު އަދި ލޮނު މިކްސްޗަރެއްގައި ހިމުން ކޮށްލާށެވެ.
މި މިސްރާބު މަހާއެކު ރަނގަޅަށް މޮޑައި، އެކަށީގެންވާ ސައިޒުގެ ގުޅަތައް ހަދާށެވެ.
ރިހައަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުން
ފިޔާ، ލޮނުމެދު، އިނގުރު އަދި ޓޮމާޓޯ ކުދިކޮށް ކޮށާލާށެވެ.
މަސް ގުޅަ ތެލުލުން: ގިތެޔޮ ނުވަތަ ކައްކާ ތެޔޮ ހޫނުކޮށް، މަސް ގުޅަތައް ރަތްކުލަ ޖެހެން ދެން ތެލުލާށެވެ. ތެލުލާފައިވާ ގުޅަތައް ވަކިން ބަހައްޓާށެވެ.
ރިހަ ތައްޔާރު ކުރަން : ހަމަ އެ ތެލުގައި ޓޮމާޓޯ، ފިޔާ، ހިކަނދިފަތް އަދި ރޯ މިރުސް އަޅައި މަޑުގިނީގައި ތެލުލަމުން އޭގެ ތެރެއަށް ކޮތަނބިރި، ތެޅިމިރުސް ހަމަކޮށް ބޭނުންވާ މިންވަރަށް ފެން އަޅާށެވެ. މަތި ޖަހައި ފަސް މިނިޓު ވަންދެން ކައްކާށެވެ.
މަސްގުޅަތައް އަޅައި ރިހަ ތައްޔާރުކޮށް ނިންމުން…
ފެންކިރު، ހަވާދު، ޓޮމާޓޯ ޕޭސްޓް، ލޮނު އަދި ތެލުލާފައިވާ މަސް ގުޅަތައް އަޅައި އިތުރު 5 މިނިޓު ވަންދެން ކައްކާށެވެ. ބޯކިރު އަޅައި، ލޮނު ހެޔޮވަރުކޮށް 2-3 މިނިޓު ފަހުން އުނދުން ނިއްވާލާށެވެ.
މިހާރު އެހެރީ މަސްގުޅަ ރިހަ ތައްޔާރު ކުރެވިފައެވެ. މިއަދުގެ މެންދުރުގެ ސުފުރާއަށް ނިކަން ފެންފޮޅި، ފަރާޓާ، އަދި ބަތާއެކު ތައްޔާރުކޮށްލައި، އަޖުމަބައްލަވާ ލައްވާށެވެ. އެކުގައި ބޭނުން ކުރަން ފޮނި ކެއުމަކަށް ހުނި ހަކުރު ތައްޔާރުކޮށްލުން ހަމަ ފިސާރި ރަނގަޅު ވާނެކަން ޔަގީނެވެ.
މި ދެބާވަތަކީވެސް ދިވެހިންގެ ތެރޭގައި މަޝްހޫރު ދެ ބާވަތެވެ،
ހުނިހަކުރު
ބޭނުންވާ ތަކެތި:
- 2 ޖޯޑުގެ ގަބުޅި ހުނި
- 1 ރާނބާފަތް
- 2 ޖޯޑުގެ ހަކުރު
- 1 އިންޗި ފޮނި ތޮށި
- 1/2 ޖޯޑުގެ ފެން
- 1 ސަމުސާގެ މާފެން
- 6 ކާފޫރުތޮޅީ
- މިދިލިފަތް
ފުށްގަނޑު ތައްޔާރުކުރުމަށް:
- 1 ޖޯޑުގެ ފުށް
- 1/2 ޖޯޑުގެ ގާނާފައިހުރި ކާށި ހުނި
- ކުޑަ ލޮނު ކޮޅެއް
- ފެންފޮދެއް
ތައްޔާރުކުރާނެ ގޮތް
ގަބުޅި ހުނި ރޮށި ތައްޔާރު ކުރުމަށް……
ހުނި ތައްޔާރު ކުރުން:
- ގަބުޅި ހުންޏާއި ހަމަހަމަ މިންިންވަރެއްގެ ހަކުރު މިކްސަރަކަށް އަޅައި، ގަބުޅި ހުނީގެ ބޮޑެތި އެތިކޮޅުތައް ހިމުން ވަންދެން މުގުރާލާށެވެ.
- ތާހަކަށް މުގުރާލި ގަބުޅި ހުނި، ބާކީހުރި ހަކުރު، ރާނބާފަތް، ކާފޫރުތޮޅި އަދި ފޮނިތޮށި އަޅާލާށެވެ.
- މި ބައި އުނދުން މައްޗަށް އަރުވައި، މަޑު ގިނީގައި ދޭފަތުން ހާވަމުން ކައްކާށެވެ. އެނޫނީ ތެލީގެ ފުލުގައި ހިފައި އަނދާ ގޮތްވެދާނެއެވެ.
- ހުނި މޯޅިވުމުން، މާފެން އެއް ކޮށްލާށެވެ.
- ކެކި ހަރުވާން ފެށުމުން އުނދުން މަތިން ބާލާށެވެ.
ފުށްގަނޑު ތައްޔާރު ކުރުން:
- ހުރިހާ މާއްދާތަކެއް އެއްކޮށްލުމަށްފަހު ފުށްގަނޑު ރަނގަޅަށް މޮޑާށެވެ.
- މޮޑެ ނިމުމުން، ފުށްގަނޑުން ގުޅަ ހަދާލާށެވެ.
ރޮށި ތައްޔާރު ކުރުން:
- މިދިލިފަތުގައި ތެޔޮ ފޮދެއް ހޭކުމަށްފަހު، އޭގެ މަތީގައި ފުށްގުޅަ ރޮށްޓެއްހެން ފަތުރާލާށެވެ.
- ރޮށީގެ މައްޗަށް ތައްޔާރު ކޮށްފައިވާ ގަބުޅި ހުނި އަޅާށެވެ.
- ރޮށީގެ ކައިރި ފަށުގައި ފެންފޮދެއް ހާކާލާ، ފަތް ލައްޕާލައި ރޮށި ތައްލަވާލާށެވެ.
މެދުމިން ހޫނުމިނެއްގައި ތަވާ ހޫނު ކުރާށެވެ.
ތައްޔާރު ކޮށްފައިވާ ރޮށި ތަވާ މަތީ ބަހައްޓައި، ދެފަރާތް ރަނގަޅަށް ފިހެލާށެވެ.
މި ރެސިޕީއަކީ ގާތްގަނޑަކަށް 4-6 މީހުންނަށް ފުދޭވަރުގެ މިންވަރެކެވެ. ރޮށި ތައްޔާރު ކުރުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އަދި ރޮށި ފިހުމުގައި ހޫނުމިން ބެލެހެއްޓުމަކީވެސް ރަނގަޅު ނަތީޖާއެއް ނެރުމަށް މުހިންމު ކަމެކެވެ.
ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނިހަކުރު ތައްޔާރުކުރުމުގެ އެކި ވައްތަރުތައް ފެންނަން ހުރުމަކީ އަޅުގަނޑުމެންގެ ކެއުމުގެ ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދޭ ކަމެކެވެ. މި ތަފާތުތަކަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގެ ވަކި ޚާއްޞަ ކަމެއްގެ ގޮތުގައި ދެކެވިދާނެއެވެ. މި ގޮތުން:
އަވަނުން ފިހުމާއި އާވިން ކެއްކުން (ސްޓީމުން ކެއްކުން)
މިއީ ޒަމާނީ ގޮތެއްގައި ހުނިހަކުރު ތައްޔާރުކުރުމުގެ އަވަސް އަދި ފަސޭހަ ގޮތެކެވެ. އަވަނުގެ ހޫނުމިން ރަނގަޅަށް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. މި ގޮތުން ހުނިހަކުރު ތައްޔާރުކުރާއިރު، އޭގެ ރަހައާއި ފެންވަރު ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ.
އާވިން (ސްޓީމުން) ވެސް ހުނިހަކުރު ތައްޔާރު ކުރެއެވެ. މިއީ އިހުގައި ފެނުގައި ކެއްކި ގޮތުގެ ޒަމާނީ އަދި އީޖާދީ ގޮތެކެވެ. އެހެންނަމަވެސް ހަގީގީ ހުނިހަކުރުގެ އެންމެ ދިވެހިވަންތަ ރަހަ ހުންނަނީ ފަތުގައި، ފެނު އަޅައިގެން ކެއްކުމުން ކަމަށް ގިނަ ފަރާތްތަކުން އިއްތިފާގު ވެއެވެ.
ފެނު ކެއްކުން
ބައެއް ސަރަޙައްދުތަކުގައި ހުނި ހަކުރު ފެނުގައި ކައްކަައެވެ. މިގޮތަށް ތައްޔާރު ކުރުމަށް ކެޔޮ ފަތުގައި ނޫނީ ކޮންމެވެސް ކަހަލަ ފަތެއްގައި މަތީގައި ފުށް ގުޅައެއް ނަގާ ފަތުރާލައި ގަބުޅި ހުނި އެއަށް އަޅައި ރީތިކޮށް ބަންދު ކޮށްލުމަށްފަހު، ތެއްޔަކަށް ކުޑަ ފެންފޮދެއް އަޅައި އޭގައި (ގިނަ ފަހަރު ތެލީގެ ތެރޭގައި އަތްތިލަ ބާއްވައި އެ އަތްތިލައިގެ ހުޅާ ހަމައަށް ކިރިޔާ އަރާ ވަރަށް ފެން ހަމަކުރޭ) ހުނިހަކުރު ފަތްތައް އަތުރައި މަތި ބަންދުކޮށް މަޑުގިނީގައި ކައްކަނީއެވެ.
(ގިނަ ފަހަރު ތެލީގެ ތެރޭގައި އަތްތިލަ ބާއްވައި އެ އަތްތިލައިގެ ހުޅާ ހަމައަށް ކިރިޔާ އަރާ ވަރަށް ފެން ހަމަކުރުން، މިއީ ދިވެހިންގެ ތެރޭގައި ޒަމާންވީ އާދައެއް، ބަތް ކެއްކުމަށް އިހުގައި ހަނޑުލަށް ފެން ހަމަކުރަނީވެސް މިގޮތަށެވެ. މީގެ ހިކުމަތެއް ނޭނގުނަސް އާދަ އައި ކިހިނެއް ކަމެއް ކޮން ގޮތަކުން ކަން ނޭނގުނު ކަމުގައި ވިޔަސް މިއީ އަޖައިބުވާހާ ފުރިހަމަ ތިއަރީއެއް ކަން ޔަގީނެވެ.)
މި ހުރިހާ ގޮތަކީވެސް ޞައްޙަ ގޮތްތަކެކެވެ. ކޮންމެ ގޮތަކުން ހުނިހަކުރު ތައްޔާރުކުރި ނަމަވެސް، އޭގެ ރަހައާއި ފެންވަރު ހިފެހެއްޓުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އަދި މި ތަފާތު ގޮތްތަކަކީ އަޅުގަނޑުމެންގެ ކާބޯތަކެތީގެ ސަގާފަތުގެ ބައެއްގެ ގޮތުގައި ދަމަހައްޓަންޖެހޭ ކަންކަމެވެ.

