ކަޒަކިސްތާނުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުރަތު ނޫރްޓްލޫއަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރުގެ މެސެޖުގައި، ކަޒަކިސްތާނުގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ކަޒަކިސްތާނުގެ ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.
މިނިސްޓަރުގެ މެސެޖުގައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެ ގައުމުގެ ދެމެދުގައިވާ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މިނިސްޓަރުގެ މެސެޖު ނިންމަވާލައްވާފައިވަނީ ކަޒަކިސްތާނުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތަކާއި، ކާމިޔާބީއާއި، އަމަންއަމާންކަމާއި، ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

