ހަފްތާ ބަންދުގައި ދަތުރު ދިއުމާއި މޫދަށް ދިއުމަކީ ވަރަށް އާންމުކަމެކެވެ. އަދި އާއިލާއާއި އެކޮށް ބައްދަލުކޮށް އެކުވެރި މާހައުލެއްގައި މަޖާކޮށްލުމަކީވެސް އެއީ އާދައިގެ ކަމެއްނޫނެވެ. މިހާރު މިއޮތީ ހަފްތާ ބަންދާ ދިމާވެފައެވެ. ހުކުރު ދުވަސްނޫނަސް މިއަދުވެސް ދަތުރު ދެވިދާނެއެވެ. ކައިރި ރަށްރަށަށް ނުވަތަ ޕިކްނިކް އައިލެންޑަށް ދަތުރު ގޮސް މޫދަށް އެރޭ ފަރާތްތަކުން އާންމުކޮށް ހުކުރު ދުވަހު މޫދަށް ގޮސް ނުއުޅެއެވެ، އެއީ ހުކުރު ނަމާދާއި ދިމާވާތީ މުޅި ދުވަސް ނުލިބޭތީވެސް މެއެވެ. އެހެންކަމުން އެންމެ ރަނގަޅު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށްބަލާ ގިނަބަޔަކު ޕިކްނިކް ގޮސް އުޅެއެވެ.
ދަތުރުދާ ގިނަމީހުން ދަތުރުދަނީ މޫދަށް އެރިލުމަށެވެ. މޫދަކީ އޭގެ ޒާތުގައި ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެއް އެކުލެވޭ ފެނެކެވެ. އެހެންކަމުން ފަތިހު ފިނީގައި މޫދަށް ދާ ފަރާތްތަކުން މި ކަންކުރަނީ ހަށިގަނޑަށް ލިބޭ އަރާމާއި ހިތްގައިމު ކަމުންނެވެ. މިހެންކަމުން ބިޒީކޮށް މަސައްކަތް ކުރުމަށްފަހު ލިބޭ ބަންދު ދުވަސްތަކުގައިވެސް މޫދަށް އެރިލަން ލިބޭ ފުރުސަތު ދޫކޮށްލައިގެން ނުވާނެއެވެ. އަދި ފަތިހު ދޮންވެލީގައި ކަސްރަތު ކުރުމާއި މޫދަށް ގޮސްއުޅުމުން ހަށިގަނޑަށް ލިބޭ ފަސޭހަ ކަމަކަށް އެކަންވާއިރު، ފަތިހު މޫދުން ލިބޭ ހިތްގައިމުކަމަކަން ތަޖުރިބާ ކޮށްލުމަކީ ވެސް ކޮންމެހެން މުހިންމު ކަމެކެވެ.
ކަސްރަތަރު ކުރުމާއި ފަތަން ދަސްކުރުމަށާއި، އެކި ހާލަތްތަކުގައިވެސް މީހުން މޫދަށް ގޮސްއުޅެއެވެ. ގިނަ ބަޔަކު މޫދަށް ދަނީ އާއިލާއެކު މަޖާކޮށްލުމަށްވާއިރު، ރައްޓެހި ރަހުމަތްތެރިންނާއި އަދި އޮފީސް މޭޓުންނާއި އެކުވެސް މޫދަށް އެކިމީހުން ދެއެވެ.
މޫދަށްދާން ތައްޔާރުވާން އަދި ވަގުތު އެބައޮތެވެ. އެހެންކަމުން މި ހިސާބުން މިއަދު ގެ މޫސުމަށް ބަލާލަމާ ހިގާށެވެ. އޭރުން މޫދަށްދާން ހިތުއަޅައިގެން ތިބި ކުދިންނަށްވެސް މިއީ ރަނގަޅު ދުވަހަކަށް ވެދާނެއެވެ.
ދަތުރުދާން ތައްޔާރުނަމަ ފަތިސްތަރިން މި ކިޔައިދެނީ ފުރަތަމަ މިއަދުގެ މޫސުމެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވާ ގޮތުން އިއްޔެ ހެނދުނު 10:00 އިން ފެށިގެން މިއަދު ހެނދުނު 10:00 އަށް މޫސުން ދައްކާގޮތުން ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ވައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ .ކަނޑު އާދައިގެ ވަރަކަށް ގަދަވުމާއެކު ރާޅުގެ އުސްމިން ހުންނާނީ 3- 6 ފޫޓުއާއި ދެމެދުގައެވެ. ވަކި ހާއްސަ ސަމާލެއް ނެރަފައެއް ނެތެވެ.
ޕިކްނިކް އަކީ ބޭރަށް ނުކުމެ ވަގުތު ހޭދަ ކޮށްލުމަށާއި، ހިތްހަމަ ޖައްސާލުމަށް ވަރަށް ކަމުދާނެ ކަމެކެވެ. ކޮންމެ އާއިލާއަކަށް ވެސް ފަސޭހަ ކަމާއެކު ކުރެވޭނެ ކަމެކެވެ. އަދި އާއިލާތައް ދަތުރު ދިއުމުގައި ބަޖެޓް ކުޑަޔަސް މެނޭޖް ކުރެވޭނެ ކަމެއް ވެސްމެއެވެ. އެހެންކަމުން މިއަދު އަދި ދަތުރަށް ތައްޔާރު ނުވެވުނަސް އަންނަ ހަފްތާ ހޮނިހިރު ދުވަހު ދަތުރު ދާންވާނެއެވެ.

