ދެ ލޯންޗެއް ޖެހި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.
ގުޅީފަޅު ކައިރިން 2 ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭ 19:34 ހާއިރުއެވެ.
އެ އެކްސިޑެންތްގައި އަނިޔާވެގެން 12 މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާއިރު، 20 މީހުންގެ ތެރެއިން 2 މީހަކަށް އެމަޖެންސިގައި ފަރުވާދީފައި ވެއެވެ.
އެ މީހުންނަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއްކަން އަދި އައިޖީއެމްއެޗުން ބުނެފައެއް ނުވެއެވެ.
ރޭގަ ހިނގި އެ އެކްސިޑެންޓުގައި ޖެހުނު ދެ ލޯންޗަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާއެވެ.
އެ ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

