މާލޭ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ މީހެކެވެ.
އޭނާ ހައްޔަރުކުރީ މާލޭގައި އޭނާ ދިރިއުޅޭ ގެ ކަމަށް ބެލެވޭ ގެ ބަލައި ފާސްކުރިއިރު، އެ ގޭގެ ފުރަތަމަ ފަންގިފިލާއިންނާއި، ދެވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ޑްރަގްސް ފެނުމުންނެވެ.
ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރިއިރު، އޭނާއިން ސޯފާގެ ކުރިމަތީގައި ހުރި މޭޒެއްގެ މަތިން ޑްރަގާައި، ޑްރަގް ބަންދުކުރަން ގެންގުޅޭ ތަކެއްޗާއި، ކައްޓާއެއް ވެސް ހާމައަށް ބަހައްޓާފައި ހުރި ކަމަށެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ހުކުރު ދުވަހު އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

