8 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
ޖޭއެސްސީއިން ކުރި އިއުލާނުގައިވާ ގޮތުން ފަނޑިޔާރުން ހޯދަނީ ހއ.ބާރަށް މެޖިސްޓްރޭޓް ކޯޓް، ނ.މާފަރު މެޖިސްޓްރޭޓް ކޯޓް، ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓް، ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް، ކ.މާފުށި މެޖިސްޓްރޭޓް ކޯޓް، ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓް، ލ.މާވަށް މެޖިސްޓްރޭޓް ކޯޓް އަދި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ޖޭއެސްސީއިން ބުނީ 20 ނޮވެންބަރު 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށ ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 26,350.00 ރުފިޔާއެވެ. ވިންގ އެލަވަންސަކީ 12,000.00 ރުފިޔާ އެވެ. ރިސްކް އެލަވަންސަކީ 1,650.00 ރުފިޔާއެވެ.

