ކުރިއަށް އޮތް 5 އަހަރަށް ސްޓެލްކޯއިން ކަނޑައެޅި ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު އިފުތިތާހުކޮށްފިއެވެ.
މިކަމަަށްޓަކައި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފުތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީއެވެ.
2028 ވަނަ އަހަރާ ހަމައަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން ތައްޔާރުކުރި މި ޕްލޭން އެކުލަވައިލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއެކު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރު ކުރުމެވެ.
މި އެކްޝަން ޕްލޭންގައި އެކުލަވައިލެވިފައިވާ ފްރޭމްވަރކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައަޅާފައިވެެއެވެ.

