ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 2,000 ކާޓޫންގެ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.
ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ހޯކްސްގެ ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު ސިނގިރޭޓްތަކެއް ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ.
ެއެ ބޯޓުން އަތުލައިގަތީ ކިހާ ކާޓޫނެއް ކަމެއް އަދި ސާފެއް ނޫނެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ބަލައި ފާސްކުރުމުގެ ކަންކަން އަދި ނުނިމޭތީ ސީދާ އަދަދެއް ސާފެއް ނޫން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން 2,000 ކާޓޫނުގެ ސިނގިރޭޓް ވަނީ އަތުލައިގެންފައެވެ.
މި ތަކެތި އެތެރެކުރަން އުޅެފައި މިވަނީ ސިނގިރޭޓާއި، ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށެވެ.
މި ބިލު މިހާރު ކޮމިޓީ މަރުހަލާގައި އޮތްއިރު، މި ހަފުތާގައި ބިލު ފާސްކުރަން މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

