މީއީ އަރެންގެ ދަރިއެއްނަމަ އަހަރެންގެ ދެ ލޮލުން ކަރުނަ ނުހިކޭނެއެވެ. މިއީ ތިބާގެ ދަރިއެއްނަމަ ކިހިނެތް ވާނެ ހެއްޔެވެ. މިއީ އިމާރާތެއްގެ ދަށުގައި ތާށިވެފަ އޮތް ތުއްތު ތުއްތު ފުރާނައެއްގެ އާދޭހުގެ މަންޒަރު ފެނުނު އަސަރުގަދަ ވީޑިއޯއެއް ބަލާލުން ފުރަތަމަވެސް ހިތައް ވެރިވި ލަފްޒެވެ.
ލޭގެ ކޯރުތައްދަނީ ދެމިގެންނެވެ. މައިމީހާ އަތުން ދަރިންދޫވެ ވީނުވީ ތަނެއް ނޭނގެއެވެ. އުސްއިމާރާތްތައް ވެއްޓި، ފަސްފަރުބަދަ ތަކަށް، ބަދަލުވަނީ ނޭގިވެސްނޫނެވެ. މި މަންޒަރު ލޯމަތިން ފެންނައިރު، މިއީ ހިތާ މެއާއި ލަގޮޑިއަށް ކެތްވާ މަންޒަރެއްވެސް ނޫނެވެ. ވަންނާނެ ގެދޮރެއް ބޯހިޔާވަހިކުރާނެ ހިޔާވެއްސެއްނެތެވެ. މިއީ މިއަދު ފަލަސްތީނުގެ ހާލަތެވެ. އެމާތްބިމުން ގޮވާގޮވެލިން ހިތްތަކަށް އަސަރު ނުކުރޭތޯއެވެ.
މައިމީހާ ބަނޑުގަ ދަރި އޮއްވާ ވެއްޓެނީ ބާރު ބޮމުގެ ގޮވުންތަކުގެ އަޑުންނެވެ. ނުވިހި އެތަކެއް އަންހެނަކު ބޮމުގެ ބިރުވެރި އަޑަށް މަރުވާއިރު، ވިހާފަ މަރުވާ އެތަކެއް މަޔަކުވެސް އެބަތިއްބެވެ. ވީނުވީއެއް ނޭނގި އިމާރާތްތަކުގެ ދަށުވެ އެތައް މައިންނެއް ނެތިދާއިރު، އިމާރާތްތަކުގެ ދަށުގަ ތާށިވެފަ އެތައް ޅަ ފުރާނަ ތަކެއްވެސް ދަނީ ކޮންމެ ދުވަހަކުވެސް މަރުވަމުންނެއެވެ.
މިއަދު އެތައްބައެއްގެ ހިތަށް ނުކަޅާދާނަ އަސަރުތަކެއް ގެނުވީ ސަލާމަތަށްއެދި ކުޑަކުޑަ ބާގަޑަކުން ދުނިޔެއަށް އަތް ދިގުކުރި ފުރާނައިގެ ރައްކާތެރިކަން ނެތްކަން އިހުސާސްވި ލޯތަކަށެވެ. ވަށާ ބެދިފައޮތް އިމާރާތެއްގެ ދަށުން ފެނުނު ކުޑަކުޑަ އެ އަތާ ބަލަން އޮތް ލޯބި މޫނުން ބުނެދެނީ ދުނިޔޭގެ ނުކުޅެދުންތެރިކަމެވެ.
މިފަހުން ފަލަސްތީނަށް އިޒްރާއީލުން ދެމުންދާ އަނިޔާވެރި ނިރުބަވެރި ހަމަލާއަށް ދުނިޔެ އޮތީ ނިދާފައެވެ. އިންސާނިއްޔަތުކަމުގެ އަސަރެއްނެތް މިދުނިޔެ ނިދާފަ އޮތްވާ ކުޑަކުޑަ ކުއްޖެއްގެ އަސަރުގަދަ ވިޑިއޯ އާއި ފޮޓޯއެއް ދައުރުވީ އިންސާނީ ހިތަކުން އެހިތަށް ވޭނާއި ކެކުޅުން ގެނުވާފަދަ ހިތްދަތި ގޮތަށެވެ. އިޒްރާއީލުން ދިން ބޮމުގެ ހަމާލާއިން ވީރާނާވެފައިވާ އިމާރާތެއްގެ ތެރޭ ތާށިވެފަ އޮތް އުމުރުން ގާތްގަޑަކަށް 6 މަހުގެ ތުއްތުތުއްތު ކުއްޖެއްގެ ވީޑިއޯއިން އެތަބަޔަކަށް އަސަރުކުރިއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދ ހަމަލާގައި އިމާރާތެއްގެ ތެރޭ ތާށިވި ކުޑަކުއްޖާ
ފޮޓޯއިން އެފެންނަ ތުއްތު ތުއްތު ފުރާނަ، އާދޭސްކުރީ ސަލާމަތް ކުރުމަށް އެދިއެވެ. ވެއްޓިފައިވާ އިމާރާތެއްގެ ދަށުވެ ތާށިވެފައި އޮތް މައުސޫމް ފުރާނައެދި އާދޭސް ކުރަމުންދިޔައީ ދުނިޔޭގެ ހަމަބިމަށް ނޭވާލުމަށެވެ.
ޔަހޫދީންގެ އަނިޔާވެރިކަން ބޮއްސުން ލާފައިވާއިރު، ފަލަސްތީނުގެ ކުޑަކުދިންގެ ހަށިތަކާމެދު ހަމްދަރުދީއެއް ނެތެވެ. އަދި ދުޝްމަނުންގެ ހަމަލާތައް އަންނައިރު މުސްލިމުންތިބީ ބަލާށެވެ. ކީއްވެގެން ހެއްޔެވެ؟ ބަނޑުހައިހޫނުކަމުގައި މަރުވާ މީހުންގެ ވާހަކަ ނުދެއްކައެވެ. ބޮމުގެ ހަމަލާއިން ޝަހީދުވާ މީހުންގެ ވާހަކައެއް ނުދައްކައެވެ. ގެއްލުނު ނުވަތަ ނުކުޅޭދޭ މީހުންނަށްވި މީހުންގެ ވާހަކައެއް ނުދައްކައެވެ.
ހަމާސް އިން ފަތުރަނީ ދޮގު ޙަބަރުތައް ކަމަށްބުނެ އިޒްރޭލުން ފަތުރާ ޙަބަރުވެސް ގަބޫލުކުރަނީ ބާވައޭ ހިތައް އަރައެވެ. ހަމާސްއަށް މިހުރިހާ ކަމެއް މިނެޓެއްގެ ތެރޭގައި ނިމުމަކަށް ގެނެވޭނެ ގޮތް އެބައޮތެވެ. އިޒްރޭލާއި ދެކޮޅަށް ދުނިޔެ ތެދުވާންވީއެވެ.
ފަލަސްތީނާ މެދު ގިނަ ގައުމުތަކުން ހަމްދަރުދީ އުފެދިފައިވީ ނަމަވެސް އެ މީހުންނަށް އެހީވާން އެއްވެސް ކަމެއް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މިއީވެސް މިއަދު އުފެދޭ ބޮޑު ސުވާލެއެވެ. ފަލަސްތީނުގެ ހައްގުގައި ތެދުވަމާ ހިނގާށެވެ.

