ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޓެންޒެނިޔާއަށް ފުރާވަޑައިގެންފިއެވެ.
އެކަމާނާ ޓެންޒޭނިޔާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރައީސް އޮފީހުން ބުނީ މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ކޮންފަރެންސް ކުރިއަށްދާނީ އޮކްޓޯބަރު 29 އިން 30 އަށެވެ.
މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީ ފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައިވެސް އެކަމަނާ ވާހަކުފުޅު ދައްކަވާނެއެވެ.
މި ކޮންފަރެންސްގެ 11 ވަނަ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖްކުރުމާއި އެފްރިކާއާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފުޅާކުރުން ފަދަ މައުޟޫޢުތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ.

