ގއ ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުން ކުރިއަށް ގެންދިޔަ އޮފީސް ބަށި މުބާރާތުގައި އެސްޓީއޯ ބަލިކޮށް ވިލިނގިލި ކައުންސިލް ޗެމްޕިިއަންކަން ހޯދައިފިއެވެ.
އިއްޔެ ހަވީރު ގއ ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުގައި ކުޅުނު ފައިނަލް މެޗުގައި ގއ ވިލިނގިލި ކައުންސިލްގެ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯއަށް ހެދި 9 ލަނޑު 3 ފޯލި މައްޗަށް 10 ލަނޑު 5 ފޯލިންނެވެ.
މުބާރާތުގެ ބަށި ރާނީ އަކަށް ހޮވުނީ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ޖެހުންތެރިޔާ އަދި އެންމެ މޮޅު ހިފުންތެރިޔާގެ މަޤާމް ހޯދީ ވިލިނގިލީ ކައުންސިލް ޓީމުގެ ނާޒު އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދީ ގއ އަތޮޅު ތައުލީމީ މަރުކަޒުގެ ޝާއިއެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަންކަން ހޯދި ވިލިނގިލީ ކައުންސިލްގެ ޓީމަށް ވަނީ ޗެމްޕިއަން ޓްރޮފީއާއި މެޑަލް އަދި 3000 ރުފިޔާގެ ފައިސާގެ އިނާމް ޙަވާލު ކޮށްފައެވެ. ރަނަރަޕްކަން ހޯދި އެސްޓީއޯގެ ޓީމަށް ދީފައި ވަނީ ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމް ގެ ގޮތުގައި 1500 ރުފިޔާގެ އެވެ.
މުބާރާތުގެ ފެއާ ޕްލޭޓީމަކަށް ހޮވިފައިވަނީ ވިލިނގިލި އަންހެނުންގެ ކޮމެޓީގެ ޓީމެވެ.
18 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކުން ހުޅުވާލި މި މުބާރާތުގައި ބައިވެރިވީ 6 ޓީމެވެ. މުބާރާތުގައި ގަދަ 8 ކުޅުން ތެރިނންވެސް ވަނީ ހޮވާ ފައެވެ.

