ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި މިހާތަނަށް 41,000 އަށްވުރެ ގިނަ ގަސް އިިންދައިފިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފުތިތާހުކުރީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ފަސް އަހަރުތެރޭގައި ފަސްލައްކަ ގަސް އިންދުމަށް އަމާޒު ހިފާފައެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް އެ ކުންފުނިން ފަށާފައިވާ ހަރަކާތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކޮށްފައެވެ.
ސްޓެލްކޯއިން ބުނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 27 އޮކްޓޫބަރުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 41،544 ގަސް އިންދިފައިވާ ކަމަށެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މިހާރު ވަނީ ފަށައިފައެވެ.

