މުހައްމަދު ގާސިމް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު އަލީއަށް ޒިޔާރަތް ކޮށްފިއެވެ.
އެ ސްކޫލުގެ 51 ދަރިވަރުންނާއި 14 މުދައްރިސުން އޮކްޓޫބަރު 27 ވަނަ ދުވަހު ކުރި މި ޒިޔާރަތަކީ، ކަނޑު ދަތުރުފަތުރާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކަނޑު ދަތުރުފަތުރާ ގުޅޭ ގޮތުންނާއި، ކަނޑުމަތީގެ ސަލާމަތްތެރިކަމާ ބެހޭ ގޮތުންނާއި، ކޯސްޓްގާޑުން އަދާކުރާ ދައުރާ ގުޅޭ ގޮތުންނާއި، ޝިޕްގައި ބޭނުން ކުރާ ބައެއް ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފަ އެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު އަލީގެ ސިފައިންނެވެ.

