މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ހުދު ސަމާލު ނެރެފައިވަނީ ތިލަދުންމަތީ އުތުރުބުރިން ފެށިގެން ކޮޅުމަޑުލާ ހަމައަށެވެ. މި ސަމާލުގެ މުއްދަތަކީ މިރޭ 08:00 އިން ފެށިގެން ދަންވަރު 02:00 އާ ހަމައަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލުގައި މެޓުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.
މޫސުމަށް އަންނަ މި ބަދަލާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން ވަނީ ރރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ވަނީ އިތުރަށް ސަމާލުވުމަށް އަންގާފައެވެ.

