ކޮލަމްބިއާގައި ކުރިއަށްދާ ސީ.އޯ.ޕީ 16 ގެ ތެރެއިން ދިވެހިރާއްޖެއިން ބޭއްވި ސައިޑް އިވެންޓެއްގައި މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ވަޒީރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. މި އިވެންޓަކީ ޔޫ.އެން.އީ.ޕީއާ ގުޅިގެން ބޭއްވުނު އިވެންޓެކެވެ.
ވަޒީރު ތޯރިގު އެ އިވެންޓްގައި ދެއްކެވި ވާހަކަފުޅުގައި، ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވަރކް (ކޭ.އެމް.ޖީ.ބީ.އެފް) އާއި 30ޓައިމްސް30 ޓާގެޓާ އެއްގޮތަށް ރާއްޖޭގެ މަސައްކަތްތައް ބައްޓަންކުރަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މި ގޮތުން، އަލަށް 3 ބަޔޯސްފިއަރ ރިޒާވް ކަނޑައެޅުމަށް ރޭވިފައިވާ ކަމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، މޯލްޑިވްސް ނޭޗަރ ފަންޑެއް އުފެއްދުމަށް ރޭވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި އިވެންޓަކީ ތިމާވެށި ރައްކާތެރި ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމަޢުއަށް އަންގައި ދިނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ. އަދި މިފަދަ މަސައްކަތްތަކުން ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށް އުންމީ ދުކުރެވެއެވެ.

