މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހޯދުމަށް ފުލުހުން ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ބުނީޗ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ހޯދަމުން އަންނަނީ ހައްވާ ތަޢުލީމާ، ބަނަފުސާގެ / އއ. މާޅޮސް (41އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހޯދަމުން އަންނަނީ އެ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށެވެ. އެހެން ކަމުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ 10:00 އަށް އޭނާ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

