ވިލާ ކޮލެޖުން ނަރުސް ކޯސް ފުރިހަމަކުރި 109 ދަރިވަރުން ހުވާކޮށްފިއެވެ. މިކަަމަށްޓަކައި ވިލާކޮލެޖްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ނަރުހުންގެ ހުވައަކީ އިންސާނިއްޔަތުކަމާއި ޚިދުމަތުގެ މަތިވެރި ވައުދަކަށްވީއިރު، މިއީ ސިއްހީ ދާއިރާގައި ހިމެނޭ އެންމެ ޝަރަފުވެރި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިހުވައަކީ ނަރުހުންގެ މަސައްކަތުގެ އަހުލާގީ މިންގަނޑުތަކާއި އިންސާނީ އަސާސްތައް ކަނޑައިދޭ މުހިންމު ހުވައެކެވެ.
ނަރުހުން ހުވާކުރުމަށް ވިލާކޮލެޖްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރާ ފާތިމަތު ސާލިހާ ވިދާޅުވީ ނަރުސްކަމުގެ ވަޒީފާއަކީ ވަރަށް މަތިވެރި ވަޒީފާއެއް ކަމަށާއި އިންސާނިއްތައް ކުރާ ހިދުމަތެއްގެ ގޮތުގައި ދެކި އޯގާތެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށެވެ.
ހަމައެހެންމެ ބަލިމީހުންނަށް ހިދުމަތް ދިނުމަކީ ވަޒީފާއެއްގެ ބޭނުމުގައި ނުވަތަ ލިބޭ އާމްދަނީ އަކަށްވުރެ ބޮޑަށް ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން އެދިގެން ކުރާ ކަމަކަށް ވާން ޖެހޭނެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ބުނެލަން ބޭނުންވަނީ މިއަދު ތިކުދިން ހުވައެއްގެ ގޮތުގައި ތި ކިޔާލީ މީހަކު ލިޔެފައި ދިން ދެލި ގަނޑެއްގެ ގޮތުގައި ނުދެކޭށެ،" ސާލިހާ
ސާލިހާ ވިދާޅުވީ މަދުންނަމަވެސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނަރުހުން ޕްރޮފެޝަނަލް ބައުންޑްރީން ބޭރުވާތަން ފެންނަމުންދާކަމަށާއި އެކަމާ ހިމާތަމަކުރައްވާ ކަމަށެވެ.
ސާލިހާ ވިދާޅުވީ ބަލިމީހުންގެ ސިއްރުތަކާއި އަދި މިނޫންވެސް އެކި ވަޒީފާ މާހައުލުގައި ހިފަހައްޓަން ޖެހޭ ވާހަކަތައް ސޯޝަލް ޕްލެޓްފޯމްތަކުގައި ހިއްސާކުރުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި ކޮންމެ ނަރުހެއްވެސް މިފަދަ ކަންކަމުން ދުރުވުމަށް ސާލިހާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ވިލާ ކޮލެޖުން ތަޢުލީމްދޭން ފަށާފައިވަނީ 2007 ވަނަ އަހަރެވެ. އެކޮލެޖުން ގެންދަނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަކުން ކޯސްތައް ހިންގަމުންނެވެ. އެގޮތުން ވިލާ ކޮލެޖަށް 17 އަހަރު ފުރިފައުވާއިރު އެ ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ހިންގާ ޕްރައިވެޓް ކޮލެޖެވެ.

