ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ސައީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ލިބިފައިވާ މައުލޫމާތުން ދައްކައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ކުރީގެ ސަރުކާރުގެ ދައުރުގައި ފެނަކައިގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ކަންކަން ހިންގާފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ޝަރީޢަތަށް ހުށަހަޅާފައިވެއެވެ. ފެނަކައިގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މީޑިއާއަށް ދެއްވި މަޢުލޫމާތުގައި، ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ 25 މައްސަލަ ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މާލީގޮތުން އެންމެ ހާލުގައި އުޅޭ ކުންފުނިކަމަށް ފާހަގަކުރެވެއެވެ. މި ހާލަތު މެދުވެރިވުމުގައި ކުރީގެ މެނޭޖްމަންޓުގެ އިހުމާލު އޮތްކަމަށް މިހާރުހާރުގެ މެނޭޖްމަންޓުން ދެކެއެވެ.

