ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހޮޓްލައިން ޚިދުމަތް މިރޭމެދުކެނޑޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިރޭ 9:00 ގައި ފެށިގެން 4 ގަޑިއިރު ވަންދެން އެ ކުންފުނީގެ ހޮޓްލައިން 1516 ގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކުންފުނިން ވަނީ މިކަން އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.
އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހިދުމަތް މެދުކަނޑާލަން ޖެހެނީ އެކުންފުނީގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ އެއްވެސް ދަތިކަމަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި 4 ގަޑިއިރުގެ ތެރޭގައި އެ ކުންފުނީގެ އެއްވެސް ޚިދުމަތަކަށް ބޭނުންވެގެން ނުވަތަ ކުއްލި ކަމެއް ދިމާވެއްޖެނަމަ 7963535 ނުވަތަ 9793535 މި ދެ ނަންބަރަށް ގުޅުމަށެވެ.
މި ޚަބަރުން އެނގޭ ގޮތުގައި އެޗްޑީސީގެ ހޮޓްލައިން ޚިދުމަތް މެދުކެނޑޭނީ މިއަދު ރޭ 9:00 ން ފެށިގެން މެންދަމު 1:00 އާ ހަމައަށެވެ.

