ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެޑްމިޓްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ)، ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަން ރައްޔިތުންގެ މަޖިލީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަބްދުއްރަހީމް ހޮސްޕިޓަލަށް ވަޑައިގަތީ މޭގެ އާލާސްކަންފުޅެއްގައި ޑޮކްޓަރަށް ދައްކާލެއްވުމަށެވެ. އަދި ޑޮކްޓަރަށް ދެއްކެވުމަށްފަހު އެޑްމިޓްކުރެއްވުމަށް ނިންމެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިހާރު އަބްދުއްރަހީމްގެ ހާލު ރަނގަޅެވެ.
އަބްދުއްރަހީމް އެނދުމަތި ކުރެވުނީ އިތުރު ސީރިއަސްކަމެއް ހުރިތޯ ބެލުމަށް، އޮބްޒަވޭޝަނަށް ކަމަށާއި މިރޭ ދޫކޮށްލާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އަބްދުއްރަހީމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗެއާޕާސަން ވެސް މެއެވެ.

