ރާއްޖޭގެ މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު، އެ ފަރާތްތަކަށް ރައްދުކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ޙަވާލުކުރެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ، މި ސަރުކާރުގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންފައިވާ ފަދައިން، 48 ގަޑިއިރުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

