Photo Gallery
|—
އަހަރުތަކުން މިއަދު
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ކުޅިވަރު
  • ކޮލަމް
  • ފެންޑާ
  • ވާހަކަ
  • ދީން
  • ލައިފްސްޓައިލް
Huvadhoo Media
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ކުޅިވަރު
  • ކޮލަމް
  • ވާހަކަ
  • ފެންޑާ
  • ދީން
Huvadhoo MediaHuvadhoo MediaHuvadhoo MediaHuvadhoo Media

Copyright © 2021-2026 Huvadhoo Media.

All rights reserved

ކޮޑް އޮފް ކޮންޑަކްޓްކިޔުންތެރިންގެ ހިޔާލުޓެގްތައް

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ ނިޒާމުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް

ރިފާޢު ރަޝީދު ، ހުވަދޫ މީޑިއާ30 Oct 2024
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ ނިޒާމުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް

ކިޔާލަން ހޭދަވާނީ2މިނިޓް

ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިންނަށް ފައިސާ ދިނުމުގެ އުސޫލުގެ ތެރެއިން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ނިޒާމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށް މިފްކޯއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި 16 މިލިއަން ރުފިޔާ މާދަމާގެ ނިޔަލަށް ދޫކޮށް، “ބެކްލޮގް” އެއްކޮށް “ކްލިއަރ” ކުރާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.

“މާދަމާ މަސްވެރިންނާ ހިސާބަށް މިހާރު ހުރި ބެކްލޮގް އެއްކޮށް، ނޫނިއްޔާ މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ މަސް ބާނާފައި މަސްކިރާފައި ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ މާދަމާ އާ ހިސާބަށް މަސްވެރިންނަށް ލިބިގެންދާނެ،” މިނިސްޓަރު ޝިޔާމް

މި މައްސަލައާ ގުޅިގެން މިފްކޯއިން ގޮތުގައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެ ކުންފުންޏަށް ލިބޭހާ އަވަހަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު 17.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޮގަސްޓު މަހުގެ 24ގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް ނުދެވި ހުރި ފައިސާއެވެ.

ގދ. ތިނަދޫގައި ގާއިމުކުރެވެމުންދާ ކޯލްޑް ސްޓޯރޭޖް ބޭރު ބަޔަކަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެ ފެސިލިޓީގެ މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ކޯލްޑް ސްޓޯރޭޖް ވިއްކާލުމަށް ނުވަތަ ހިންގުމަށް ދިނުމާ މެދު އެއްވެސް ބަޔަކާ އެކު މިހާތަނަށް މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.

ޓެގް

ރައީސް އޮފީސްރައީސް މުއިއްޒު